ހއ. ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުމަށް ނިންމައިފި އެވެ.
"ގެދޮރުވެރިޔާގެ ލޯނު" އަކީ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޯހިވާހަކިން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި ނިމިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ތަޢާރަަފް ކުރެވުނު ލޯނު ސްކީމްއެކެވެ.
ހޯރަފުށީ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވަނީ، ހޯރަފުށީ ރައްޔިތުންގެ ތެރެއިން މި ލޯނު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން، މިލޯން ސްކީމްގެ ދަށުން އަމިއްލަ ގެދޮރު އަލަށް އިމާރާތްކުރުމަށާއި، އަދި މިހާރު ހަދަން ފަށާ ނުނިމިހުރި މަސައްކަތް ނިންމުމަށާއި އަދި މަރާމާތުކުރުމަށް ލޯން ނެގުމަށް ބޭނުންވާ ފަރާތްތަކަށް ލޯނާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ފޯމް ފުރުމުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މިލޯން ސްކީމްގައި ބައިވެރިވުމަށް ޝަޢުގުވެރިކަން ހުރި ފަރާތްކުން 7704457 އަދި 7699248 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެކަމަށް އެކައުންސިލުން ހާމަކުރެއްވިއެވެ.
އަދި މި ކަމާ ގުޅޭ މައުލޫމާތު ސެޝަނެއް މިރޭ 09:00 ގައި އެރަށު ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފާވާކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ސެޝަންގައި ބައިވެރިވުމަށް އެ ކައުންސިލުންވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!