ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން އަބަދުވެސް ހީނަރުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ، "ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް: ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރު ނުވާނެހެން މަސައްކަތްކުރޭ" މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ބޮންޑެ ވިދާޅުވީ، ގާނޫނު އަސާސީ ނުދަންނަ ކޯލިޝަން ވެރިކަމެއްގައި އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން އަބަދުވެސް ހީނަރުވާނެ ކަމަށެވެ.

"ދޭދޭ ގައުމުތަކުގެ ގުޅުމަށް އަސަރު ނުކުރާނެ ފަދަ ހަރުދަނާ އުސޫލަކުން މީޑިޔާތަކަށް ވެސް މަސައްކަތް ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގައެވެ." ބޮންޑެ ވިދާޅުވެފަވެއެވެ.

މިހާރު މިއޮތް ވެރިކަން ހިންގަމުން ދަނީ 4 ޕާޓީއެއް ބައިވެރިވާ ކޯލިޝަނަކުންނެވެ. އެއީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއެވެ.

ބޮންޑޭ މީގެކުރީން ވެސް ވަނީ ކޯލިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދަންނަ އެއްޗެއް ނޫންކަމަށް އެކިފަހަރުމަތިން ވިދާޅުވެފައެވެ.

މިހާރު ހިނގަމުންދަނީ ކޯލިޝަންގެ ވެރިކަމެއްކަމުން ކޯލިޝަންގެ ބައިވެރިންގެ ފުރިހަމައެއްބާރުލުން ނުލިބޭ ކަމަށާއި، އެކަމުގެ ސަބަބުން އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ލަސްވަމުންދާ ކަމަށް އެމްޑީޕީގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، ބައެއް އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.