ތައިލެންޑުގެ ޕުކެޓަށް ކަރަންޓީންވުމަކާ ނުލައި ދެވޭ ގޮތް ހަދައިފިއެވެ.
އެ ގައުމުން ޕުކެޓަށް ދާ ފަތުރުވެރިންނަށް ލުއި ދޭން ނިންމާފައިވަނީ އިއްޔެއިން ފެށިގެންނެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދިން ލުޔެކެވެ.
އާ ބަދަލުތަކާއެކު އިއްޔެ 249 މީހުން ޕުކެޓަށް ދަތުރުކުރިއެވެ. ކަރަންޓީން ނުވެ ދަތުރު ކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށެވެ.
ތައިލެންޑުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ފަތުރުވެރިކަމުންނެވެ. މިއީ 1997 ވަނަ އަހަރު ކުރިމަތިވި އޭޝިއަން ފައިނޭންޝަލް ކްރައިސިސްއަށް ފަހު ތައިލެންޑުގެ ފަތުރުވެރިކަމަށް މިހާ ބޮޑި ހީނަރު ކަމެއް ދިމާވި އަހަރެވެ.
ތައިލެންޑުން ޕުކޭޓަށް ދާން ލުއި ދީފައިވާއިރު އެ ގައުމުގެ ކޮވިޑުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 5،500 މީހުންޕޮޒިޓިވްވި އިރު 57 މީހުން ވަނީ މަރުވެފައެވެ.
އެ ގައުމުން މިހާތަނަށް ވަނީ 264،834 މީހުން ކޯވިޑަަށް ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!