ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މި ބަދަލުތައް ގެނައީ ކޯވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ ލުއި ދޭން ނިންމާފައިވާތީއެވެ.
އެ ކުންފުނިން ބުނިގޮތުގައި މާދަމާއިން ފެށިގެން މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތައް ހުކުރު ދުޗަސް ފިޔަވައި އެހެން ދުވަސްތަކުގައިހުޅުވާފައި ހުންނާނީ ހެނދުނު 8:30ން ރޭގަނޑު 8:00 އަށް ކަމަށެވެ.
އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 9:30ން 11:30އަށް އަދި މެންދުރު 2:00ންރޭގަނޑު 8:00 އަށެވެ.
މީގެ އިތުރުން ކޯލްސެންޓަރުން ހިދުމަތް ދޭ ވަގުތުތައް ވެސް ވަނީ އިތުރުކޮށްފައެވެ.
އެގޮތުން، ހުކުރު ދުވަހު މެންދުރު 2:00ން ރޭގަނޑު 8:00 ކޯލް ސެންޓަރުހުޅުވާފައި ހުންނައިރު އެހެން ދުވަސްތަކުގައި ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:30ން ރޭގަނޑު 8:00އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!