ކޯވިޑް-19 އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވާ، ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ.

އީޔޫ ޓްރެވަލް ފާހަކީ އީޔޫގެ ގައުމުތަކަށް ދަތުރު ކުރާ ޓޫރިސްޓުންނަކީ ކޯވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅު އަަޅާފައިވާ ބައެއް ކަން އަންގަައި ދިނުމަށް ދޭ ފާހެކެވެެ. މިފާސް ދޭން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.

Ad
rt

ކޮވިޝީލްޑަކީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން އުފެއްދި ވެކްސިނެކެވެ. އެ ކުންފުނިން ވެކްސިން ގަބޫލު ކުރުމަށް އީޔޫގައި އެދިފައި ނުވާ ކަމަށްޔޫރަޕިއަން މެޑިސިން އޭޖެންސީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އެސްއައިއައިގެ ސީއީއޯ އާދަރު ޕޫނާވާލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޝީލްޑް ޖަހާފައިވާ އިންޑިއާ މީހުންނަށް އީޔޫގެ ގައުމުތަކަށް ދަތުރު ކުރުމުގައި ދަތިތައް ހުރިކަންފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ޑިޕްލޮމެޓިކް ލެވެލްގައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިންގެ ތެރެއިންވެސް ބޮޑު އާބާދީއަކަށް ޖަހާފައިވަނީ ކޮވިޝީލްޑެވެ. އެހެންކަމުން އީޔޫއިން އެ ވެކްސިން ގަބޫލު ކުރަންދެން ދިވެހިންގެ ތެރެއިން ކޮވިޝީލްޑް ޖަހާފައިތިބި މީހުންނަށްވެސް އީޔޫގެ ގައުމުތަކަށް ދިއުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ.

މީގެއިތުރުން ދިވެހިންތެރެއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޑްޖެހި ލައްކައެއްހާ މީހުން ތިބީ ދެވަނަ ޑޯޒްގެ އިންތިޒާރުގައެވެ.

ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަަށް އީޔޫގެ ޓްރެވަލް ފާސް ނުލިބޭނެ ކަމަށް އެ ޔޫނިއަން ނިންމިއިރު، އިންޑިއާއަކީ ދުނިޔޭގެ ބޭސްވެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ ގައުމެކެވެ.