ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން، އެޖެންޓުކަން 22 ފަރާތަކަށް މިއަދުދީފިއެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދަން އިއުލާން ކުރީ މިދިޔަ މާރޗް މަހުއެވެ. އެ ފުރުސަތުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް އެެޖެންޓުންގެ ގޮތުގައި މިހާރު ވަނީހަމަޖައްސައިފައެވެ.

Ad
rt

އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް ލިބޭނެ ކަމަށެވެ. އަދި މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމުގެ ސާމާނު އަތް ފޯރާ އަގެއްގައި ހުސްނުވެ ލިބެންހުންނާނެ ކަން ޔަގީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ"

އީމާން ވިދާޅުވިއެވެ.

އެސްޓީއޯއިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނަމަވެސް، އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލިއުސޫލުތަކައް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައެވެ. އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަންދޭއިރު ޖުލައިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ. ފޯމް އެސްޓީއޯ ވެބްސައިޓުންލިބޭނެއެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުންފާހަގަކުރެއެވެ.