އެމެރިކާގެ ނިއުޔޯކުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލަން ނިންމާފައިވާ ކަމަށް އެ ސްޓޭޓުގެ ގަވަނަރ އެންޑްރޫ ކުއޯމޯ ވިދާޅުވެއްޖެއެވެ.
ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވައި ގަވަނަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށެވެ. މުއްދަތު ހަމަވުމުން އަލުން އާ ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުން ނިއުޔޯކު ނަގާލި ނަމަވެސް އެމެރިކާގެ ސެންޓަ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެއެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރާ މީހުންނާއި ހޮސްޕިޓާތަކާއި ބަލި މީހުން ބަލާ ތަންތަނުގައި އުޅޭ މީހުން މާސްކު އެޅުންމަޖުބޫރުވާނެއެވެ.
ނިއުޔޯކަކީ އެމެރިކާގެ ކުއްލި ނުރައްކަލުގެ ހާލަތުން ނަގާލާ ފުރަތަމަ ސްޓޭޓެވެ. އެ ގައުމުގައި ބަލި ކޮންޓްރޯލް ކުރެވެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެމެރިކާގެ އެކި ސްޓޭޓުތަކުގައި މިހާރުވެސް ވެކްސިން ޖަހާފައިވާ މީހުން މާސްކު އެޅުން މަޖުބޫރެއް ނޫނެވެ.
#BREAKING: New York’s COVID-19 State of Emergency will end tomorrow.
Fighting COVID & vaccinating New Yorkers are still top priorities, but the emergency chapter of this fight is over. All thanks to New Yorkers who were #NewYorkTough.
— Andrew Cuomo (@NYGovCuomo) June 23, 2021
19,453,561 މީހުންގެ އާބާދީއެއް އޮންނަ ނިިއުޔޯކުގައި މިހާތަނަށް 2,168,705 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 53,960 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. މިހާރު އެސްޓޭޓްގައި 218،885 މީހުން ޕޮޒިޓިވްވެފައި އެބަތިއްބެވެ. މިމަސް ފެށުނީންސުރެއް ދުވަހެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 1000 ދަށުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!