މާދަމާއިން ފެށިގެން މާލެއާ ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހަވީރު 6:00 ޖަހާއިރު ބަންދުވާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން (ވެމްކޯ) އިންބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއީ ކޯވިށް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅަފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ގެނައި ބަދަލެއް ކަމަށެވެ.

Ad
rt

މި ބަދަލާއެކު މިހާރު މާލެ އަދި ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30ންހަވީރު 6:00 ހުޅުވާފައި ހުންނާނެއެވެ. އަދި ހުކުރު ދުވަހު ހެނދުނު 8:30ން 11:30 އަށް އަދި މެންދުރު 2:00ން ހަވީރު 6:00އަށް ހުޅުވާފައި ހުންނާނެއެވެ.

ވޭސްޓް ޓްރާންސް ސްޓޭޝަންތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް ގޭގެއިން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފައި ނުވެއެވެ. ގެތަކުން ކުނިނަގަނީ ރޭގަނޑު 9:00އާއި 10:00 ދެމެދު އެވެ.

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ކާފިއު ވަގުތު މިހާރު ވަނީ ހަވީރު 6:00ން ފަތިހު 4:00އަށް ބަދަލު ކޮށްފައެވެ.