ކޯވިޑް-19 ޖެހިގެން ފަރުުވާ ހޯދަމުން ދިޔަ 2 މީހަކު ނިޔާވެ، ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު 205 އަރަފިއެވެ.

މިއަދު ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވެފައިވަނީ މިއަދު ފަތިހު 5:19 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

މީގެ އިތުރުން މިބަލީގައި 55 އަހަރުގެ އިންޑިއާގެ ރައްޔިތަތުވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. އެމީހާ ނިޔާވީ ރޭ ދަންވަރު 1:30 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެއެވެ.

މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޯވިޑްގެ ނުރައްކާއިތުރުވެ، އެތައްބަޔަކު ޕޮޒިޓިވްވެ ބަލީގައި ނިޔާވި މީހުންގެ ޢަދަދު އިތުރުވެގެންދިޔައެވެ. ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 187 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖޭއިން ކޯވިޑް-19 އަށް 71،498 މީހުން ޕޮސިޓިވްވެފައިވާއިރު، 65،178 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.