މާލޭގައި ގެއެއްގެ ތިންވަނަ ފަންގިފިލާ އިން އަންހެނަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށެވެ. ވެއްޓިފައިވަނީ ދިވެހި އަންހެނެކެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން ބަަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ މަގުމަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކެއްގެ މައްޗަށެވެ.

އެ އަންހެން މީހާ އެ އިމާރާތުން ވެއްޓެން ދިމާވި ސަބަބެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 12:39 ހާއިރު ކަމަށެވެ.