ފުރަތަމަ ފަހަރަށް ވަކަރުން ހަދާފައިވާ އުޅަނދެއް ޖައްވަށް ފޮނުވާލަން ތައްޔާރުވެއްޖެއެވެ.
ފިންލެންޑުގެ އާކްޓިކް އެސްޓްރޯނޮޓިކްސް އިން ތައްޔާރުކުރާ މި އުޅަނދަކީ ވަކަރުން ހަދާ ދުނިޔޭގެ ފުރަތަމަ ސެޓެލައިޓެވެ. ހަތަރު އިންޗީގެ މި ސެޓެލައިޓުގައިބޭނުން ކުރަނީ ވީސާ ނަމަކަަށް ކިޔާ ހާއްސަ ފްލައިވުޑެކެވެ.
މި ސެޓެލައިޓު ޖައްވަށް ފޮނުވާލަނީ ޓެސްޓުތަކެއް ހެދުމަށެވެ. އެގޮތުން، ޖައްވުގައި ވަކަރު ކިހާ ދުވަހަކު ހަލާކުނުވެ ހުންނާނެތޯ މި ދިރާސާގައި ބަލާނެއެވެ.
ސެޓެލައިޓު ޖައްވަށް ފޮނުވާލުމުގެ ތައްޔާރީތައް ވަމުން އަންނައިރު އެ ޖައްވަށް ފޮނުވާލެވޭނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
The world's first wooden satellite is set to launch this year. The WISA WOODSAT satellite is made of plywood pic.twitter.com/ZYHe72hfDQ
— Reuters (@Reuters) May 14, 2021
ނަމަވެސް އާކްޓިކްއެސްޓްރޯނޮޓިކްސް އިން ބުނެފައިވާގޮތުގައި ރައްކާތެރިކަމާއެކު އުޅަނދު ޖައްވަށް ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!