ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން އައި އުމުރުން 27 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޒުވާނާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންއައި މީހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއީ ދިވެއްސެކެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ޒުވާން ފިރިހެން މީހާ އެވެ.

Ad
rt

މިއީ މިބަލީގައި ރާއްޖެ އިން ނިޔާވި 198 ވަނަ މީހާ އެވެ. މިއީ މިއަދު މިބަލީގައި ނިޔާވި ފުރަތަމަ މީހާ އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި މީހާ ނިޔާވީ ކޮވިޑް19 އާ ގުޅިގެން ނޫންކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަނޑައަޅާފަ އެވެ.

މީގެ ދެދުވަސް ކުރިން 25 އަހަރުގެ އަންހެނެއްވެސް ވަނީ މިބަލީގައި ނިޔާވެފައެވެ.