ދުނިޔޭގެ ސިނާއީ ގޮތުން އެންމެ ބޮޑު ގައުމުތައް ކަމަށްވާ ޖީ7 ގައުމުތަކުން ފަގީރު ގައުމުތަކަށް އެއް ބިލިއަން ޑޯޒު ވެކްސިން ދޭން ނިންނަމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ކޮންވޯލްގައި ކުރިއަށްދާ ޖީ7 ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ މަޝްވަރާތަކާ ހަވާލާދީ ރިޕޯޓްތައްބުނާގޮތުން އެސަމިޓުގައި އެބޭފުޅުންވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަކަށާއި،އެފްރިކާގެ ގައުމުތަކަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ކޮވިޑްގެ އެއް ބިލިޔަން ޑޯޒު ހަދިޔާކުރުމަށް ނިންމާފައެވެ.

Ad
rt

މި އެއްބިލިޔަން ޑޯޒުގައި އެމެރިކާ ހަދިޔާކުރާ 500 މިލިޔަން ޑޯޒާއި އިނގިރޭސިވިލާތުން ހަދިޔާކުރާ 100 މިލިޔަން ޑޯޒުގެ އިތުރުން ފަރަންސޭސިވިލާތުން ހަދިޔަކުރާ40 ހާސް ޑޯޒު ހިމެނެއެވެ. މިތިން ގައުމު ފިޔަވައި އެނޫންގައުމުތަކުން ކޮވެކްސް ޕްރޮގްރާމަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ މިންވަރު އަދި ހާމައެއްނުކުރެއެވެ.

ފަގީރު ގައުމުތަކަށް ކޮވިޑްގެ އެއް ބިލިޔަން ޑޯޒު ހަދިޔާ ކުރުމަށް ޖީ 7ގެ ގައުމުތަކުން ނިންމާފައި މިވަނީ ކޮވިޑް ވެކްސިން މޮނޮޕޮލީކޮށް އެ ވެކްސިން ސިޔާސީ ހަތިޔާރަކަށްހަދަން މަސައްކަތް ކުރާކަމުގެ ތުހުމަތު ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޖީ7ގެ ގައުމުތައްވެސް ހިމެނެއެވެ.

ޖީ 7ގެ ގައުމުތަކުން ދުނިޔޭގެ ފަގީރު ގައުމުތަކަށް އެއް ބިލިޔަން ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާއިރު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ދެގައުމުކަމަށްވާ ޗައިނާއާއި ރަޝިޔާ އިންވަނީ ފަގީރު ގައުމުތަކަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް މާކުރިން ފަށާފައެވެ.