ޔޫރޯ 2020 އާ ދިމާކޮށް މޯލްޑިވް ގޭސް އިން ދެ ޗެލެންޖެއް ފަށައިފިއެވެ.
މާދަމާ އިން ފެށިގެން އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މުޅި ރާއްޖެއަށް ހުޅުވާލާފައިވާ އިރު، ކޮންމެ މީހަކަށްވެސް މިޗެލެންޖުގައި ބައިވެރިވެވޭނެއެވެ.
މޯލްޑިވް ގޭސް އިން ފަށާ ދެ ޗެލެންޖުގެ ތެރެއިން ފުރަތަމަ ޗެލެންޖަކީ މެޗުގެ ނަތީޖާ ދިމާކުރަންޖެހޭ ޗެލެންޖެކެވެ. މި ޗެލެންޖުގައި އެންމެ ގިނަ މެޗުގެ ނަތީޖާ ދިމާކުރާމީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯން 12 ޕްރޯ މެކްސް ގެ 128 ޖީބީގެ ފޯނެއް ލިބޭނެއެވެ.
ދެވަނަ ޗެލެންޖަކީ ކޮން ކުޅުންތެރިއެއްކަން ދިމާ ކުރަންޖެހޭ ޗެލެންޖެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މޯލްޑިވް ގޭސްގެ ފޭސްބުކް ޕޭޖަށް ހޮވާލެވޭކުޅުންތެރިންތަކެއްގެ ފޮޓޯ، ކާކުކަން ނޭނގޭ ގޮތަށް ހެދުމަށްފަހު ހިއްސާ ކުރާނެއެވެ. މި ޗެލެންޖުގައިވެސް އެންމެ ގިނަ ކުޅުންތެރިން ދިމާކުރާ ފަރާތަކަށް ހުށަހަޅާފައިވަނީ 65 އިންޗީގެ ޓީވީ އެކެވެ.
މޯލްޑިވް ގޭސް އިން ބުނީ، މުޅި މުބާރާތަށް ދެ ގްރޭންޑު ޕްރައިޒެއް ކަނޑައަޅާފައިވީ ނަމަވެސް، ކޮންމެ ދުވަހަކުވެސް، ދެ ޗެލެންޖުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ މެދުގައިގުރުއަތުލުމެއް ބާއްވާނެ ކަމަށެވެ. އަދި މި ގުރުއަތުލުމުން ހޮވޭ ފަރާތްތަކަށް މޯލްޑިވް ގޭސްގެ ލުއި ފުޅިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!