މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައިވާ އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ 57 މެންބަރުން ވޯޓުންނެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދީފައިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރުމަށް ފަހު އެ މަގާމަށް ޝައުވާ އައްޔަންކުރެއްވީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.
ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރުމަށް ފަހު ތަޅުމަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.
މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ވަޒީރެއްގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ޝައުނާގެ ފުރިހަަމަވާ ކަމަށާއި ވަޒީރުން މަޖިލީހުގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ޝައުނާ ކުރައްވާފައި ނުވާ ކަމަށެވެ. އެގޮތުން ޝައުނާއަށް ރުހުން ދިނުމަށް ޝަރުތު ފުރިހަމަވާ ކަމަށް ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، އާމިނަތު ޝައުނާ ޢައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!