ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގުގައި އެ މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިމީހާ ނިޔާވެފައިވާ ސީދާ ގަޑިއެއް އަދި ސާފެއް ނުވެއެވެ.

މިމީހާގެ އިތުރުން އިއްޔެ ވަނީ ރާއްޖެއިން މިބަލީގައި 3 މީހުން ނިޔާވެފައެވެ.

Ad
rt

އިއްޔެ ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިިލިޓީގައި ފަރުވާދެމުންދިޔަ 41 އަހަރުގެ އަންހެނަކާއި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ ހެނދުނު ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 82 އަހަރުގެ އަންހެނެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 25 އަށް އަރާފަ އެެެވެ. އަދި ޖުމްލަ ނިޔާވި މީހުންގެ އަދަދު ވަނީ 186 އަށް އަރާފައެވެ.

ރާއްޖެއިން އިތުރު 412 މީހުން އިއްޔެ ވަނީ އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 67،950 އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 239 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 162 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 67،950 އަށްވަނީ އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 753 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 48،086 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.