ރޭ މިނިސްޓްރީ އޮފް ހެލްތުން އިޙުމާލު ރިޕޯރޓްގައި އިހުމާލުގެގޮތުގައި ފާހަގަކުރެވޭ ކަންކަން ޖިނާޢީ މައްސަލައެއްގެގޮތުގައި ފުރިހަމަ ތަޙްޤީޤެއް ހިންގަވައި ދެއްވާ އިހުމާލުވެ ފައިވާ މުވައްޒަފުންނާ މެދު ޖިނާޢީ ދަޢުވާ ކޮށް ދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅައިފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް މުޙަންމަދު ހަމީދަށް އެޑްރެސްކުރައްވާ މިމައްސަލަ ފުލުހަށް ހުށައަޅާފައިވަނީ އާންމު ފަރާތަކުންނެވެ. މިމައްސަލަ ހުށައެޅި ސިޓީގެ ކޮޕީއެއް ވަނީ މިނޫހަށް ލިބިފައެވެ
އެސިޓީގައި ބުނެފައިވަނީ، ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން ރައްކާތެރިކުރުވުމު ގެ މަޤްޞަދުގައި، ހެލްތު އިމާރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިދާރީ ހިންގުމުގެ
އޮނިގަނޑުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު 7/2012އިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރާ އިޙްތިޔާރުގެ ތެރެއިން "އިންސިޑެންޓް ކޮމާންޑަރު"ގެ ގޮތުގައި ފާސްކުރި އޮނިގަނޑުގައި
ހިމަނާފައިވާ ފަރާތް ކަމުގައިވާ ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފެއްގެ ޒިންމާ ރިޕޯރޓްގައި މިނިސްޓްރީއާއި މުވައްޒަފުގެ މަސްލަޙަތަށްޓަކައި އުނިކޮށްފައިވާ ކަން ފާހަގަކުރާކަމަށެވެ.
މީގެ އިތުރުން އިންސިޑެންޓް ކޮމާންޑަރެއްގެ ހައިސިއްޔަތާއި މަޤާމު އެކަށައަޅާފައިވާ މުޙިއްމު އަދި މާތް މަޤްޞަދަކީ ވެސް ރިސްކް ކެޓަރގަރީތައް ކަމުގައިވާ ބައްޔަށް ފައްސިވާ މާބަނޑު މީހުންނާއި، ދާއިމީ ބޭސް ބޭނުންކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ޚިދުމަތް ދިނުމުގައި އަވަސްކަން ގެންނަންޖެހޭނެ ފަދަ ހާލަތްތައް ހުރިތޯ ދުރާލާ ދެނެގަތުމަށް ހާދިސާއެއް ހިނގުމުގެ ކުރިން ދެނެގަނެ އަމަލުކުރަންޖެހޭ އެތެރޭގެ ޕްރޮސީޖަރުތައް އެކުލަވާލާ އެސެންޓަރުގެ ކްލަސްޓަރ/ސެކްޝަން ތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކޮށް ބަހާލައި އިންސިޑެންޓެއް މެދުވެރިވެދާނެ ފަދަ މަޢުލޫމާތުތައް އިންސިޑެންޓް ކޮމާންޑަރަށް ވެސް ލިބޭނެ ފަދަ ނިޡާމެއް އެސެންޓަރުގައި ޤާއިމުކޮށް ދުވަހުން ދުވަހަށް ތަންފީޒުކުރުކަމުގައި ބުނެފައިވެއެވެ.
"ނަމަވެސް، އެބަޔާނުގެ 03 ވަނަ ނުކުތާގައި ބުނާ ގޮތުގެ މަތިން އެސެންޓަރުގެ ހުރިހާ ސެކްޝަންތަކުން ބޭނުންކުރަމުން އަންނަ ސޮފްޓް ވެއަރ "އައުޓް ބްރޭކް ސިސްޓަމް"އަށް ކޮންޓެކްޓް ޓްރޭސިންގ ސެކްޝަނުން ފީޑްކޮށްފައި ނުވާކަން އެނގެއެވެ. އަދި މިވަގުތުވެސް 2021 މެއި 20 އިން ފެށިގެން ފައްސިވެފައިވާ ރިސްކް ކެޓަރގަރީގެ ގިނަ މީހުންގެ ބަލީގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ސެކްޝަނުގެ ޓީމް ލީޑަރު އަދި ސިވިލްސާރވިސްގެ މުވައްޒަފު (ނަން އުނިކޮށްފައި) އިހުމާލުން ގަވައިދުން ސިސްޓަމަށް އަޅަމުން ނުދިޔުމާއި ބަލިމީހާއަށް ޖެހިޖެހިގެން 02 ނުވަތަ 3 ފަހަރަކު ގުޅާފައި ފޯނު ނުނެގުމުން އެޓެންޑެޑް ޖެހުމަށްފަހު ކޭސް ކްލޯސް ކުރަމުން އަންނަކަމުގެ މައުލޫމާތު އެސެކްޝަނުގެ ދަރުމަވެރިންގެ ފަރާތުން ލިބެމުން އާދެއެވެ."
އެސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިސިޓީގައި އިތުރަށް ބުނެފައިވަނީ، ހެލްތު އިމާރޖެންސީ އޮޕަރޭޝަންސް ސެންޓަރާ ސީދާ ހަވާލުވެ ހުރި އޯވަރ އޯލް އޮޕަރޭޝަންސް އިންޗާރޖު އަދި އިންސިޑެންޓް ކޮމާންޑަރު ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (ނަން އުނިކޮށްފައި) ދަޢުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވާކަަމަށެވެ.
އަދި އެފަދަ އެތަކެއް އިހުމާލުގެ މައްސަލަތަކާއި އަދި ޚާއްސަކޮށް 02 ޖޫން 2021 ވަނަ ދުވަހު ކޮވިޑް ބަލީގައި ފާތިމަތު މިޝްކާ / 11އ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ އި ޙްމާލުން ކަމުގައިވާތީ އާއި އެކަމަކީ ޤާނޫނުލް އުޤޫބާތުގައި ސީރިއަސް ޖީނާޢީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ތަޙުޤީޤު ހިންގަވައި، ޖިނާޢީ ދަ ޢުވާކޮށް ދެއްވައި އަދި މައްސަލަ ބަލަމުން އަންނަކަން ދިވެހި ސިވިލް ސާރވިސް ކޮމިޝަނަށް އަންގަވައި ދެއްވުން އެދި ދަންނަވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!