ހަރުކަށި ފިޔަވަޅުތަކާއި އެކު މިސްކިތްތައް ބަންދުކުރުން ބަލައި ނުގަނެވޭ ކަމަށާއި ރާއްޖޭގެ މިސްކިތްތައް ހުޅުވައިދިނުމަށް ކަމާބެހޭ އިދާރާތަކަށް އަލީ ރަމީޒް ގޮވާލައްވައިފި އެވެ.
އަލީ ރަމީޒް މިހެން ގޮވާލައިފައިވަނީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް މިހާ ހަރުކަށިކޮށް މިސްކިތްތަށް ބަންދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން އަލީގެ މި ޕޯސްޓުގައި ބުނެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅޭ ތަންތަނަކީ ފަސޭހައިން ނަމާދު ކުރެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫންކަމަށެވެ. އެހެންކަމުން މިސްކިތްތައް ހުޅުވުމަށް އަލީ ރަމީޒްގެ މި ޕޯސްޓުގައި ވަނީ ގޮވާލާފައެވެ.
އަލީ ރަމީޒް މި ފޯސްޓު ކުރައްވާފައި މިވަނީ ރާއްޖޭގައި ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރެމުންދާތީ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު މިސްކިތްތަށްވެސް ބަންދު ކޮއްފައިވާ ދަނޑިވަޅެއްގައެވެ. އަދި މި ފިޔަވަޅުތަށް ތަންފީޒް ކުރުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުން ވަނީ ފެނާއި ކަރަންޓް ވެސް ކަނޑާލާފައެވެ.
އަދި މިއަދުވަނީ މިސްކިތްތަކަށް އަރާ މީހުން ނަމާދުކުރޭތޯ ބަލާ ފިޔަވަޅުތަށް ތަންފީޒް ކުރުމަށް ފުލުހުން ފޯރިމަރަން ފަށާފައެވެ. އަދި ބައެއް މީހުން ޖޫރިމަނާ ކުރިކަމުގެ އަޑުތަކެށްވަނީ ފެތުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!