މާލޭ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 22:00 ގައި ކަމަށެވެ.

Ad
rt

އެ ހާދިސާގައި ހިނގީ، ދުއްވާފައި ދިޔަ ސައިލެއް މާލޭ ސިޓީގެ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ.

''މި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ."

ފުލުހުން ވިދާޅުވެފަ ވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މިއެކްސިޑެންޓްވީއިރު ސައިކަލު ދުއްވަން އިންމީހާވަނީ އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓެއްގެ މައްސަލަ ތަހުގީގު ކުރަށްވަމުން ގެންދަވާ ކަމަށެވެ.