ގޭތެރެ އަށް ބޭނުންވާ ތަފާތު ސާމާނު ވިއްކުމުގައި ރާއްޖޭގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަތަހަ ކުންފުނީގެ "ފަތަހަ މޯލް" އިން ވައްކަންކުރާ ވަގުން ބޭޒާރުކޮށްލައިފި އެވެ.

"ފަތަހަ މޯލް" ގެ ނަމުގައި މާވެޔޮ މަގުގައި މި މިދިޔަ އަހަރުގެ ޖެނުއަރީމަހު ހުޅުވި މިފިހާރައިން މިވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ޓިކްޓޮކްއަށް ދާދިފަހުން ގުޅިފައެވެ.

Ad
rt

މީގެ ދެތިންދުވަސްކުރިން އެފިހާރައިން ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ވީޑިއޯތަކަށްބަލާއިރު އެކިފަހަރު މަތިން އެފިހާރައިން ވައްކަންކުރި ވަގުންގެ ވީޑިއޯ ހިއްސާކޮށްފައިވެއެވެ.

@fathahamall

Fathahah Mall in vahkan kuranee

♬ original sound - Fathaha Mall

މިވީޑިއޯތަކުން ފެންނަ ގޮތުގައި އެފިހާރައިން އެންމެ ގިނައިން ވަގައް ނަގާފައިވަނީ ކޮސްމެޓިކްސްގެ ބާވަތްތަކެވެ. ލޯސަނާއި ޝޭންޕޫ، ސައިބޯނި ފުޅީގެ އިތުރުން ސެންޓްފުޅިފަދަ ތަކެތިވަނީ ވަގައްނަގާފަ އެވެ. ބައެއް ވަގުން ވަނީ ދެކޮޅުބަލާ ހޯދާލުމަށްފަހު ޖިންސު ނުވަތަ ފަޓުލޫނުގެ ތެރެއަށްލާ ފޮރުވާފަ އެވެ. މިވީޑިއޯއިން ފެންނަ ވަގަކުވަނީ ފައިކުރި ދަށަށްލައިގެން ބޮޑީ ސްޕްރޭ ފުޅިއެއް ފޮރުވާފަ އެވެ.

@fathahamall

Vahkan

♬ original sound - Fathaha Mall

ވަގުން ވައްކަން ކުރުމުގައިގައި އުޅޭއިރު އެފިހާރައިގެ މުވައްޒަފުން ކައިރީ އުޅޭ މަންޒަރުވެސް ފެނެއެވެ. މިދުވަސް ވަރަކީ ކޯވިޑް19ގެ ބަލިމަޑުކަން އޮތްދުވަސް ވަރެއްކަމުން މިހުރިހާ ވަގުންވެސް ތިބީ މާސްކު އަޅައިގެންނެވެ. އެހެންކަމުން މިވަގުންގެ މޫނު އެހާބޮޑަށް ސާފުވާގޮތެއް ނުވެއެވެ. ބޭރުގައި އުޅޭއިރު މާސްކުއަޅައިގެން އުޅެންޖެހުމުން ފިހާރަތަކުން ވައްކަންކުރުން ފަހަކަށް އައިސްވަނީ އާންމުވެފައެވެ.

@fathahamall

Vahkan

♬ original sound - Fathaha Mall

ފިހާރަތަކުންނާއި އާންމު ތަންތަނުން ވައްކަންކުރުން އާންމުވެފައިވާ މިދުވަސް ވަރު އެކިފަރާތްތަކުން އަންނަނީ މިފަދަ ވަގުންގެ ވީޑިއޯ މީސްމީޑިޔާގައި ހިއްސާކުރަމުންނެވެ. ވައްކަމުގެ މައްސަލަތައް އާންމުވެފައިވާއިރު މިވަގުން ހޯދުމަށް އާންމުންގެ ފަރާތުން ގިނަފަހަރު އެއްބާރުލުން ލިބޭކަން ފާހަގަކޮށްލެވެ.

@fathahamall

Fathaha Mall in vahkan kuranee

♬ original sound - Fathaha Mall

ފަތަހަ މޯލްގައި ތިން ފްލޯ ހިމެނޭ އިރު ކޮންމެ ފްލޯއެއްގައި ވެސް ޢާއްމު ދިރިއުޅުމަށް ބޭނުންވާނެ ތަފާތު އެކި ސާމާނު ލިބެން ހުރެއެވެ. ބަދިގެ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ކެރަމްބޯޑާއި، ރާޒުވާ ކުޅިބަޔާއި ބޯޑު އަދި ވެސް އެތައް ބައިވަރު ސާމާނެއް އެތަނުން ލިބެއެވެ. ކުރުކޮށް ބުނާނަމަ ފަތަހައިގެ ނެތް އެއްޗެއް ނެތެވެ.

@fathahamall

Cosmetic vagah naganee Fathaha Mall

♬ original sound - Fathaha Mall

ފުރަބަންދު ނިމުމުން ފަތަހަ މޯލްއަށް ޒިޔާރަތް ކޮށްލަންވާނެއެވެ. ނަމަނަމަ ވައްކަމެއް ނުކުރައްޗެވެ. ޓިކްޓޮކް ފޭންއަކަށް ވެދާނެއެވެ. ބިރުގަންނަންވީ ޓިކްޓޮކަށް އަރާފާނެތީއެއް ނޫނެވެ، އެއީ ހަރާމްކަމަކަށް ވީމަ އެވެ. އެއީ ބޮޑު ފާފައެކެވެ. ޙައްދު ކަނޑައެޅިފައިވާ ޖިނާއީ ކުށަކަށް ވީމައެވެ. ކިތަންމެ ސިއްރު ސިއްރުން އަންބޮޑިދަށަށްލާ ފޮރުވިޔަސް ބައްލަވާ ވޮޑިގެންވާ ފަރާތެއްވެއެވެ. ސިއްރުސިއްރުން ވަގަށްނަގައިގެން ގެންދާ ސައިބޯނިފުޅިއަކުން ނަޖިސް ފިލުމުގެ ބަދަލުގައި ލިބޭނީ އިތުރު ފާފައެކެވެ. ވަގަށްނަގައިގެން ޖަހާ ސެންޓުން މީރުވަސް ދުވާނެތޯ އަމިއްލަ ނަފްސައް ސުވާލުކޮށްލާށެވެ.

@fathahamall

Fathaha Mall in vahkan kuranee

♬ original sound - Fathaha Mall

ފަތަހައަކީ މާލެ ސަރަހައްދުގައި ހިންގަމުންދާ، އެންމެ ގިނަ ދުވަސްވީ އެއް ފިހާރައެވެ. ފަތަހައިގެ ފިހާރަތަކުން ނުލިބޭނެ ސާމާނެއް ނުހުންނާނެ އެވެ. އަދި ފަތަހައިގެ ފިހާރަތަކަކީ އަބަދުވެސް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފިހާރަތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

@fathahamall

Vahkan nukuray

♬ original sound - Fathaha Mall