މޯލްޑިވްސް ކަސްޓަމްސް ސާރަވިސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަސްތަކެއް ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިއަދު ކަމަށް ކަސްޓަމްއިން މަޢުލޫމާތު ދެއްވަ އެވެ.
ނައްތާލާފައިވަނީ 18 ކޭހެއްގައި ހުރި 138.14 ކިލޯ ގްރާމްގެ އޫރުމަހެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އޫރުމަސްތަކެއް ނައްތާލައިފި! pic.twitter.com/qoyKC3NxTC
— Maldives Customs (@CustomsMv) May 24, 2021
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކުރެވިފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުވެސް ވަނީ 8719.92 ލީޓަރުގެ ބަނގުރަލާއި 2220.5 ކިލޯ ގުރާމްގެ އޫރުމަސް ނައްތާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!