ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 41 އަހަރުގެ އަންހެނެއް ނިޔާވެ މިއަދު ނިޔާވި މީހުންގެ އަދަދު 9 އަކަށް އަރައިފި އެވެ.

މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެއްކަމަށް މަޢުލޫމާތު ލިބެއެވެ.

Ad
rt

މިއީ މިބަލީގައި މިމަހު ނިޔާވި 65 ވަނަ މީހާ އެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި 138 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއޭއި)އިން މަޢުލޫމާތު ދެއްވާގޮތުގައި މިއަދު 11:05 ހާއިރު ޅ.ހިންނަވަރުގައި ޢުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކުވަނީ މިބަލިގައި ނިޔާވެފައެވެ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވި މިމީހައަކީ މިބަލީގައި ނިޔާވި 137 ވަނަ މީހާއެވެ. މިބަލީގައި މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.

ހިންނަވަރު ކޭސް ފިޔަވައި މިއަދު ނިޔާވި ހުރިހާ އެންމެންނަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައ ފަރުވާދެމުންދަނިކޮށް ނިޔާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހުރިހާ އެންމެންނަކީވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުންކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އަދި މިއަދު ނިޔާވި މީހުންގެ ތެރޭގައިވެސް ކޯވިޑްގެ ވެކްސިން ފުރިހަމަ ނުކުރާ 3 މީހަކު ތިބިކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ހައިރިސްކް މީހުންނަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށާއި އެފަދަ މީހުންގެ ކައިރީގައި އުޅޭ މީހުންވެސް ވެކްސިން ފުރިހަމަ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމުލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓްކޮށްފަ އެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 138 މީހަކު ނިޔާވެފައިވާއިރު ތޭވީސް ހާހަށްވުރެ ގިނަ މީހުނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 290 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.