ދޫނިތަކުން ޖެހޭ ވައިރަސްއެއް ފެތުރި އަނެއްކާވެސް ދުނިޔެއަށް ޕެންޑެމިކެއް އަތުވެދާނެ ކަމަށް ޗައިނާގެ ސައިންސުވެރިންތަކެއް ލަފާ ކޮށްފިއެވެ.
ޗައިނާގެ ވިރޮލޮޖިސްޓުން ކަމަށްވާ ވެއިފެން ޝީ އާއި ޖޯޖް ގާއޯ ބުނިގޮތުގައި މި ވައިރަސް އަކީ އެޗް5އެން8 ވައިރަސްއެވެ. މިއީ 2010 ވަނަ އަހަރު ޗައިނާގެ އަސްދޫންޏަކުން ފެނުނު ވައިރަސްއެކެވެ.
ޝީ އާއި ގާއޯ އާއި ހަވާލާދީ ސައިންސް އެލާޓް ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި މިފަހުން މިވަރައިސް ފެނިގެން ކަމާބެހޭ ފަރާތްތަގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. މިކަމުގެ ބިރަށް މިލިއަނެއްހާ ދޫނި ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ ނައްތާލާފަ އެވެ.
މިވަގުތު މިވައިރަސް 46 ގައުމަކުން އެކިބާވަތުގެ ދޫނިތަކުން ފެނިގެން ރިޕޯޓްކޮށްފައިވާކަމަށް އެވެބްސައިޓުގަައިވަނީ ރިޕޯޓްކޮށްފަ އެވެ.
މި ވައިރަސް އެންމެ ފުރަތަމަ އަސްދޫނިން ފެނުނު ނަމަވެސް 2016 ވަނަ އަހަރު އެހެން ދޫނިތަކުންވެސް އެ ވައިރަސް ވަނީ ފެނިފައެވެ. މި ވައިރަސް ފެނުނުގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން އިންޑިއާ އާއި ރަޝިއާ އާއި މޮންގޯލިއާ އަދި އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތައް ހިމެނެއެވެ.
މި ވައިރަސް މިހާރު ވަނީ އިންސާނުންގެ ގައިންވެސް ފެނިފައެވެ. އެގޮތުން، ރަޝިޔާގެ ޖަނަވާރު ގެންގުޅޭ ފާމެއްގެ ގިނަ އަދަދެއްގެ ކުކުޅުތައް މަރުވުމުން އެތަނުގައި މަސައްކަތް ކުރާ މީހުން ޓެސްޓު ކުރުމުން 7 މީހެއްގެ ގައިން ވައިރަސް ވަނީ ފެނިފައެވެ.
ޝީ އާއި ޖޯޖް ގާއޯ ވަނީ އަނެއްކާވެސް ޕެންޑެމިކެއް އަތުވެދާނެ ކަމަށާއި ކުރީބައިގައި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. ޝީ އާއި ޖޯޖް ގާއޯ އަކީ ކޮރޯނާވައިރަސްގެ ނުރައްކާބޮޑުވެ ޕެންޑަމިކެއް އުފެދިދާނެކަމުގެ އިންޒާރުދިން ސައިންސިސްޓުންގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!