ކުއްތާ ބޭނުންކޮށްގެން ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަނެވިދާނެ ކަމަށް އިނގިރާސި ވިލާތުގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގައި ސައިންސްވެރިން ބަލާފައިވަނީ ކޯވިޑް ޖެހިފައިވާ މީހުންގެ ވަސް ކުއްތާތަކަށް ދެނެގަނެވޭތޯއެވެ. އެގޮތުން، ބަލި ޖެހިފައިވާ މީހުން އިސްޓާކީނުގެ ވަސް ކުއްތާތަކަށް ވަނީ ދެނެގަނެވިފައެވެ.
ސައިންސްވެެރިން މި ދިރާސާއަށް ބޭނުން ކޮށްފައިވަނީ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ލާފައި ނުދޮވެ ހުރި އަންނައުނެވެ. މީގެ ތެރެއިން ކޯވިޑް ޖެހިފައިވާ މީހުން ކުއްތާތަކަށް ދެނެގަނެވުނު ކަމަށް ދިރާސާއިން ވަނީ ދައްކައިފައެވެ.
އިނގިރޭސިވިލާތުން އަންނަނީ މި ކުއްތާތައް އެއާޕޯޓުތަކުގައި ބޭނުން ކުރަން ތައްޔާރުވަމުންނެވެ. މި ކުއްތާތަކަށް 94.3 އިންސައްތަ ޔަގީންކަމާއެކު ގިނަ އަދަދެއްގެމީހުންގެ ތެރެއިން ބަލި ޖެހިފައިވާ މީހުން އެންމެ 30 މިނެޓް ތެރޭގައި ދެނެގަނެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
Sweat-sniffer dogs make Thai debut as coronavirus detectors https://t.co/JgzTDCo0ge pic.twitter.com/cVFxr7U5xf
— Reuters (@Reuters) May 21, 2021
މި ދިރާސާގެ ރިޕޯޓު މިހާރު އާއްމުކޮށްފައިވާއިރު އިތުރު ސައިންސްވެރިންވެސް އަންނަނީ މި ދިރާސާގެ ސައްހަކަން ކަށަވަރު ކުރުމަށް މަަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!