ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ.

ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ.

Ad
rt

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާއެއްގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އީސަ ވަނީ އެމަގާމުން އިސްތިއުފާ ދެއްވަވާފަ އެވެ.

އީސަ އިސްތިއުފާދެއްވެވީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުނ ވަކިކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޯރަމް ހަވަނުވެގެން ވަކި ނުކުރެވި ވަނިކޮށެވެ.

އިޖްތިމާޢީ ކޮމިޓީގެ އިތުރުން މެންބަރު ޝިފާއު އިންނަވާ ކޮމެޓީތަކުގެ ތެރޭގައި ޕެޓިޝަން ކޮމިޓީ، މުޅި މަޖިލީހުގެ ކޮމިޓީ، އިޖްތިމާޢީ ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ހިމެނެއެވެ.