ހުޅުމާލޭ ކޯވިޑް ފެސިޓީގައި އޮތް ބަލިމީކު ޕެނަޑޯލް ކާޑެއް ހޯދަން މިއަދު ފޯނުކުރި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ހުޅުމާލޭ ކޯވިޑް ފެސިޓީއަށް ޕެނަޑޯލް ކާޑެއް ފޮނުވައި ދިނުމަށް އެދި ގުޅީ އޭނާގެ ރަށްޓެއްސެއްކަމަށެވެ.

Ad
rt

ކޯވިޑަށް ފަރުވާ ހޯދަން އެ ފެސިލިޓީގައި އެޑްމިޓްކޮަށްފައި އޮތް ޝިޔާމްގެ ރައްޓެހި މީހާ ގުޅީ އޭނާގެ އަނބިކަނބަލުންނަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"‏ހުޅުމާލެ ކޯވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއް. ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި އެބަބުނޭ. އަޅުގަނޑުގެ ރައްޓެއްސެއް މިއަދު އަންހެނުންނަށް ގުޅާފައި ޕެނަޑޯލް ކާޑެއް ފޮނުވާލަދިނުމަށް އެދުނު"

ޝިޔާމް ވިދާޅުވެފަ ވެއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީއިން ގިނަ ޢަދަދަކަށް މީހުން މަރުވާ މައްސަލައަކީ ކަންބޮޑުވާކަމެއްކަމަށާއި ފެސިލިޓީގައި ތިބޭއިރު އަޅާނުލާވާހަކަ ފެސިލިޓީގައިތިބޭ ބަލިމީހުން ގުޅާފައި ބުނާކަމަށއ ޝިޔާމްވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު މާލޭ ސަރަހައްދުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ހައިރިސް ގިނަ ބަޔަކު ފަރުވާއަށް އެ ފެސިލީޓީގައި ބައިތިއްބައެވެ.