ހއ. ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެ، ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައި ނުވާތީ، ފިޔަވަޅުތައް އިތުރު 1 ހަފްތާއަށް އިތުރުކުރުމަށް ހދ.ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ކާފިއުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދަމު 12:00އާއި ހަމައަށެވެ.
ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާކަމަށާއި ހަވީރު 4:00 އިރުއޮއްސި 6:00 އަން ކާފިއު އިއުލާންކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.
އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި ސެލޫންތަކާއި، ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަަށްވެސް އަންގާފައިވެއެވެ. އަދި، ޒަރޫރީ ބޭނުމަކު ގެއިން ބޭރަށް ނުކުންނަށް ޖެހިއްޖެނަމަ، ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމާއި ފިރާތަކުން ހިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް ވަނީ އަންގާފައެވެ.
މި ފިޔަވަޅުތައް އެރަށުގައި އަޅާފައިވަނީ، ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއެވެ. އަދި އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ އެވެ. މިބަލީގައި ދިއްދޫއިންވަނީ މީހަކުވެސް ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!