އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދިފާޢުކުރާ މޭރުމަކުން ކުރި ޕޯސްޓެއްގެ ސަބަބުން މަޝްހޫރު ވީޑިއޯ ބްލޮގާ ނާސް ޑެއިލީގެ 18 މިލިއަން ފޮލޯވާސް ފޭސްބުކުން ގެއްލިއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ނާސް ޑެއިލީގައި އަރަބީންނާއި ޔަހޫދީންނާއި ގުޅޭ ގޮތުން ކުރި ޕޯސްޓުގެ ކުރިން އެ ޕޭޖުގައި 38 މިލިއަން ފޮލޯވަރުން ތިއްބެވެ. ހަފްތާއެއް ނުވަނީސް މި އަދަދު މިވަނީ 20 މިލިއަނަށް ވެއްޓިފައެވެ.
ނާސް ޑެއިލީ މަޝްހޫރުކަން ހޯދައިފައިވަނީ 1 މިނިޓެޑުގެ 1000 ވީޑީއޯ ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކޮށް އުފައްދައިގެންނެވެ. އޭނަގެ ވީޑިއޯތައް އެތައް މިލިއަން ބަޔަކު ބަލާއިފައިވެއެވެ.
ފަލަސްތީނަށް އުފަން ނުސައިރު ޔާސިން ދައުވާ ކުރާ ގޮތުގައި އޭނައަކީ އިޒްރޭލު އޮތުމަށް ތާޢީދުކުރާ މީހެކެވެ. އިޒްރޭލުގެ ޕާސްޕޯޓުވެސް އޮންނަ ނުސައިރަށް މީގެ ކުރިންވެސް އެތައް ފާޑުކިޔެމެއް ވަނީ އަމާޒުވެފައެވެ. އަދި އޭނާ އަކީ އިޒްރޭލު އެޖެންޓެއްކަމަށް އެތައް ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.
2018 ވަނަ އަހަރުގައި އޭނާ ރާއްޖެ އައި ދަތުރެއްގައި ނާސް ޑެއިލީގައި ޝާއިރު ކުރި ވީޑިއޯއަކާއިއެކު ދިވެހިންގެ ވަރަށް ބޮޑެތި ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އަދި އެފަހަރު ދުވަސްކޮޅަކަށް އޭނާ ވަނީ މި ސަރަހައްދަށް ނާސް ޑެއިލީ ޕޭޖް ބޮލޮކް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!