ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މިއީ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 121 ވަނަ މީހާއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވިދާޅުވިގޮތުގައި އޭނާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް މީހެކެވެ. އޭނާ ނިޔާވީ މެންދުރު 12:02 ގައެވެ.
ހުޅުމާލޭ ފެސިލިޓީގައި ފަރުވާއަށް އެޑްމިޓް ކޮށްފައި އޮތް 57 އަހަރުގެ ދިވެހި އަންހެނެއް ވެސް ރޭ އިރާކޮޅު ނިޔާވިއެވެ.
ރާއްޖެއިން ރެޔާއި ހަމައަށް ޖުމްލަ 52،045 މީހުންނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 21،079 އެވެ. އަދި 286 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!