މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވެމްކޯގެ އިސްވެރިންނާ ބައްދަލު ކުރެއްވީ “ޗާލު މާލެ ސިޓީ" ގެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭމަސައްކަތްތައް ފެށުމަަށް ކަމަށެވެ. އެގޮތުން މިބައްދަލުވުމުގައި މާލެ އަކީ ޗާލު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށްކުރާނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށްއޭނާ ވިދާޅުވިއެވެ.

Ad
rt

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކާއި އާންމު ތަންތަނަކީ ސާފުކޮށް ބެލެހެއްޓޭނެ ތަންތަނަށް ހެދުމުގައި ދެފަރާތް ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމާމެދުމަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މާލެ ސަރަހައްދަކީ ސާފު، ތިމާވެއްޓާއި ރައްޓެހި ތަނަަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް މިހާރުގެ މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުންމާލޭގައި އެއްލައްކަ ގަސްއިންދުމުގެ ޕްރޮޖެކްޓެއްވެސް އަންނަ އަހަރު ފަށާނެއެވެ.

ޑރ. މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މާލެސިޓީގެ ކަންތައްތައް އިތުރަށް ރަނގަޅު ކުރުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން،ޓްރާންސްޕޯޓުގެ ކަންކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އިއްޔެ ބައްދަލު ކުރައްވާފައި ވާއިރު މިއަދު މުއިއްޒުު ވަނީ ހެލްތު މިނިސްޓަރުއަހުމަދު ނަސީމާވެސް ބައްދަލު ކުރައްވާފައެވެ.