ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަަސައްކަތުގެ 86 އިންސައްތަމަސައްކަތް ވަނީ ނިންމާލާފައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.6 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނަދަރު ފުންކޮށް، 331 މީޓަރުގެ ބޭރު ތޮށި ލުމާއި 204 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތްކުރާނެއެވެ. އަދި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 2،102 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި ނެރު ބައްތިއާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!