އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ނިންމާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށެވެ.
"އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނާކަން އަޅުގަނޑު ބޭނުމެއްނޫން.
މާލޭ ތަފުތަރަށް ސަލާމް. ތިލަދުންމަތީ ކެލާ ނުވަތަ ދަފުތަރު ކޮށްދޭ ރަށެއްގެ / ސިޓީއެއްްގެ ދަފުތަރުގަ ޖެހެން ނިންމައިފިން." މިނިސްޓަރު މައުސޫމް ވިދާޅުވެފަ ވެއެވެ.
މިނިސްޓަރު މިހެން ވިދާޅުވުމުން އެކިރަށްރަށުން އަންނަނީ މިނިސްޓަރަށް އެ ރަށްތަކުގެ ދަފުތަރުގައި ޖެހުމަށް ދައުވަތު ވެސް ލިބެމުންނެވެ.
މިގޮތުން މަކުނުދޫ ދާއިރާގެ މެންބަރު ރާޢީ ވަނީ، އޭނާ ތަމްސީލް ކުރަށްވާ ދާއިރާގެ ތިން ރަށުން ކުރެ ރަށަކުން އެ ފުރުސަތު ހޯއްދެވުމަށް މިނިސްޓަރު އަރިހު އެދި ވަޑައިގެންފައެވެ. އަދި އެކަމުގައި އޭނާގެ އެހީތެރިކަން އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލެވި، ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ދަފްތަރުގައި ޖެއްސުން މެނދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެއީ އެދުވަހު މާލޭ ކައުންސިލުން ފާސް ކުރި ކަންތައްތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.
"ދަފްތަރުގެ ޖެހިފައި ތިބި ރައްޔިތުންނަށް އެކަން ހައްލު ކުރެވޭނެ ގޮތެއް ކަނޑައަޅައި އަދި އިތުރަށް ދަފްތަރުގައި ޖެހޭއިރު މި ގެންގުޅޭ އުސޫލު އެއީ ރަނގަޅު އުސޫލެއްތޯ އަޅުގަނޑުމެން ބަލައި އެ މަގުސަދު ހާސިލު ކުރުމުގައި އެންމެ ރަނގަޅު އުސޫލެއްތޯ ބަލައި ގާނޫނެއް ވިއްޔާ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް، އެކަންކަން ކުރެވެންދެން ދަފްތަރުގައި އިތުރަށް ނުޖައްސަން މިއަދު ކައުންސިލުން ނިންމީ،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފަ ވެއެވެ.
އެހެން ދިވެހިރައްޔިތުންނަށް ނުޖެހެވޭ ދަފުތަރެއްގަ ޖެހިގެން ހުންނަން ބޭނުންކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެފަވާއިރު އޭނާގެ ޢާއިލާއަކީ ހއ. ކެލާއަށް ނިސްބަތްވާ ޢާއިލާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!