މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގަށް އިނގިރޭސި ވިލާތުގެ ޗެލްސީ އެނބުރި އައިސް ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގައި ސްޕެއިންގެ ވެލެންސިއާއި ބައްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ. މިމެޗުން ޗެލްސީގެ މަށްޗަށް ވެލެންސިއާ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ހަމައެކަނި ގޯލް ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ޕެނެލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ޑެނިއަލް ތަނަވަސް ކޮށްދިން ފުރުސަތަކުން ރޮޑްރިގޯއެވެ. މިމެޗްގައި ނަތީޖާ ހަމަކުރުމަށް ޗެލްސީއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
އާމުކޮށް ޗެލްސީގެ ޕެނެލްޓީ ޖަހާ ދެ ކުޅުންތެރިން ކަމަށްވާ ވިލިއަން އަދި ޖޯޖީނިއޯ ދަނޑުމަތީ ހުރި ނަމަވެސް ޗެލްސީއަށް ލިބުނު ޕެނެލްޓީ ޖަހަން ބާކްލޭ ބޭނުންވުމުން ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް ހިނގިތަން ފެނިގެންދިޔައެވެ. ޕެނެލްޓީ ޖެހިތަން ފެނިގެންދިޔައީ ބާކްލޭއެވެ. ބާކްލޭ ފޮނުވާލި ޕެނެލްޓީ ދިޔައީ ހުރަސް ދަނޑީގައި ޖެހިލާފާއި މަތިންނެވެ.
މި ގުރޫޕްގައި ރޭ ކުޅުނު އަނެއް މެޗްގައި މިދޔަ ސީޒަންގައި ސެމީ ފައިނަލްގައި ވާދަކުރި އަޔެކްސް ވަނީ ފަސޭހަ ކަމާއިއެކު 3-0 އިން ލިލް ބަލިކޮށްފައެވެ. އަޔެކްސްއަށް ގޯލްތައް ކާމިޔާބުކޮށްދިނި ކުއިންސީ ޕްރޯމސް، އެޑްސަން އަލްވަރޭޒް އަދި ނިކޮލަސްއެވެ.
ގުރޫޕް އެފްގައި ރޭ ސްޕެއިނިޝް ލަލީގާގެ ޗެމްޕިއަން ބާސެލޯނާ އަދި ޖާރމަން ބުންޑެސްލީގާގެ ރަނާސްއަޕް ބޯރޯސިއާ ޑޯޓްމަންޑް ކުޅުނު މެޗް ނިމުނީ ގޯލެއް ނުޖެހި ދެޓީމް އެއްވަރު ވެގެނެންނެވެ. މި މެޗްގެ ފަހު ހާފްގައި މެސީ ވަނީ ކުޅެންނުކުމެފައެވެ. މިއީ އަނިޔާއިން ސަލާމަތްވެ މެސީ މިސީޒަންގައި ބާސެލޯނާއަސް ކުޅުނު ފުރަތަމަ މެޗެވެ.
ބާސެލޯނާ އަދި ޑޯ-ޓްމަންޑް ހިމެނޭ ގުރޫޕް އެގައި ދެން ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އިންޓަ މިލާން އަދި ސްލޭވިއާ ޕްރާގު ރޭ ބައްދަލުކުރި މެޗްވެސް ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެނެންނެވެ. ޕީޓަރ އޮލެއިންކާ ސްލޭވިއާގެ ގޯލް ކާމިޔާބު ކޮށްދިންއިރު އިންޓަރގެ ގޯލް ކާމިޔާބުކުރީ މެޗްގެ ފަހު މިނިޓްގައި ނިކޯލޮއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!