އިންޑިއާއިން މިހާރު ކޯވިޑް-19 ޖެހޭ މީހުންގެ ފަރާތުން އާ އަލާމާތްތަކެއް ފެންނަ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.

އެ ގައުމުގެ ސިއްހީ ފަރާތްތަކުން ބުނާގޮތުގައި ބައެއް ބަލިމީހުންނަށް އަނގަ ހިކުމާއި ދޫ ކަހައި އުނދަގޫވުން ކަހަލަ ކަންކަން ދިމާވާ ކަމަށެވެ. އަދި މަދު ކޭސްތަކެއްގައި އަނގައިގެ ތެރެއިން އަލްސާސް (ރޫތަކެއް ހެން ހުރުން) ފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި އަލާމާތްތަކަށް ސަމާލުވުމަށް އެ ފަރާތްތަކުން ދަނީބުނަމުންނެވެ.

Ad
rt

މީގެ އިތުރުން މީގެ އެއްވެސް އަލާމާތަކާއެކު ބޭރަށް ހިންގާނަމަ ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ނުފެނުނު ނަމަވެސް ވަގުތުން ޑޮކްޓަރަށް ދައްކައި ޓެސްޓު ހަދަން ސިއްހީމާހިރުން ވަނީ ލަފާ ދީފައެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި މި އަލާމާތްތައް ފެންނަ މީހުންގެ ގައިން ފެންނަނީ އާ ވޭރިއަންޓެވެ.

މިދިޔަ އަހަރު ދުނިޔެއިން ފެނުނު ކޯވިޑް ބަލީގެ އާއްމު އަަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކެއްސުމާއި ވަހާއި ރަހައިގެ ހިއްސު ކެނޑުމާއި ހުން އައުމެވެ. އަދި ނޭވާ ކުރުވެ ނޭވާލާން ގުނދަގޫވެ ބޮލުގައި ރިއްސުމެވެ.