ހައްދުފަހަނައެޅި އިޒްރޭލުން މިހާރު ޢައްޒާއަށް ދެމުންދާ ހަމަލާތަކުގައި 1000 ގޭބީސީ ބިމާ ހަމަކޮށްލާފައިވާ ކަމަށާއި 6000 އަށްވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ދީފައިވާކަމަށް ޤުދުސް ނިއުސް ނެޓްވޯކް އިން ރިޕޯޓްކޮށްފިއެވެ.
މާހިރުން ލަފާކުރާގޮތުގައި މިގެއްލުންތަކުގެ އަދަދު 48 މިލިއަން ޑޮލަރަށްވުރެއް އިތުރުވާނެކަމަށް ބުނެއެވެ. ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން ޝައިޚް ޖައްރާހް ކިޔާ އަވަށެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް މަސައްކަތް ފެށި ހިސާބުންނެވެ.
ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދޭން ފަށާފައެވެ.
މިހާތަނަށް 200 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ މި ހަމަލާތަކުގައި ޒަހަމްވެފައެވެ. ހަމަލާތައް ހުއްޓާލުމުކުގެ އެއްބަސްވުމަކަށް އަންނަން ބައިންއަޤްވާމީ ޖަމިއްޔާތަކުން މަސައްކަތްކުރާއިރު އަދި މިކަމަށް އަލި މަގެއް ފެންނާކަށް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!