މިއީ ރާއްޖެއިން ކޯވިޑް-19 އިން މިންޖުވާ އިހުނަށްވުރެ ބޮޑަށް، އެންމެން ގުޅިގެން މަސައްކަތްކުރަންޖެހިފައިވާ ވަގުތެެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑް-19 ހާލަތު ގޯސްވެ ބަލިޖެހެމުންދާ މިންވަރު އިތުރުވެފައިވެ، އެހާލަތާމެދު ވިސްނާ އެކަން ވަޒަންކުރާއިރު އިހްސާސްކުރެވިގެންދަނީ ވަރަަށް ހިތްދަތި މަންޒަރެއް ކަމަށް އުގައިލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިހާތަަނަށް ރާއްޖެއިން ކޯވިޑް ޖެހިންގެން 103 މީހަކު ނިޔާވެފައިވާއިރު، 45،956 މީހުންވަނީ ޕްޒިޓިވްވެފައެވެ. ކޯވިޑް-19 އިން ދިފާއުވުމުގެ ގޮތުން 303،336 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، 145،372 މީހުންވަނީ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވަނީ ބައެއް ފިޔަވަޅުތައް ހަރުދަނާކޮށް މާލެ ސިޓީ ހިމެނޭ ގޮތަށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކާފިއު އިއުލާންކޮށްފައެވެ. ނަމަވެސް، ދުވާލެއްގެ މައްޗަށް ޕޮޒިޓްވްވާ މީހުންގެ އަދަދު ހާހުން މަތީ އުޅޭކަމަށް އެޗްޕީއޭގެ ތަފާސްހިސާބުން ދައްކައެވެ.ް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!