ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 79 އަހަރުގެ އަންހެނަކު ރޭ 23:14 ގައި ނިޔާވެފައިވާ ކަމަށެވެ.
މި އާއިއެކު ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު މިވަނީ 103 އަށް އަރާފަ އެވެ.
އިއްޔެ އިތުރު 1،433މީހުން ޕޮޒިޓިވްވެ، މިހާތަނަށް މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956އަށް އަރާފައެވެ.
ރާއްޖެއަށް އަލަށް ކޮވިޑް-19އަށް ޕޮޒިޓިވްވި 1،433މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1،294މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 134 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު މިވަނީ 45،956 އަށް އަރާފައެވެ.
ވޭތުވެ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 16،997 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 268 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން ދަތުރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި 6 މީހުންނަށް ފަރުވާދެމުން އަންނައިރު، 5 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،480 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!