ކޯވިޑް-19 ބަލީގައި އަނެއްކާ ވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވީ 64 އަހަރުގެ ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އޭނާ ނިޔާވީ މިރޭ މެންދަމު 12:14 ގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެކެވެ.

Ad
rt

މިއީ މިބަލީގައި މިއަދު ނިޔާވި 5 ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 99 އަށް އަރައިފަ އެވެ.

މިއަދު މިބަލީގައި އިތުރު 4 މީހެއް ނިޔާވިއެވެ. އެއީ މުޅިން ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހުންނެވެ. އެއީ 83 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 87 އަހަރުގެ މީހެއްގެ އިތުރުން 80 އަހަރުގެ މީހެކެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 15،958 ގައެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 2262 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް 44،523 މީހަކު ވަނީ މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ.