ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ. މިހާރު ވަނީ މި ޖަލްސާގައި ބައިވެރިވާންރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

Ad
rt

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

މި ޖަލްސާގައި ރަޖިސްްރީވާން ބޭނުންވާ ހިއްސާދާރުންނަށް agm.sto.mv މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 359 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.