ގޯލްޑެން ފުޓްސެލް ޗެލެލެންޖް 2019 ގައި ހދ އަތޮޅުގެ ގުރޫޕް އެކެއްގައި ރޭ ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ނައިވާދޫ އާއި ނޭކުރަންދޫ ބައްދަލުކުރި އިރު މި ގުރޫޕްގެ ދެވަނަ މެޗްގައި ބައްދަލު ކުރީ ނޮޅިވަރަންފަރު އަދި ކުމުންދޫއެވެ. ފުރަތަމަ މެޗްގައި ނޭކުރަންދޫގެ މަށްޗަށް ނައިވާދޫ ކުރި ހޯދިއިރު ދެވަނަ މެޗް ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ.
ނައިވާދޫ އިން ނޭކުރަންދޫއާއި ބައްދަލުކޮށް މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިވާދޫ ޓީމްގެ މުހައްމަދު ހަމީދުއެވެ. ނޮޅިވަރަންފަރު އަދި ކުމުންދޫ ބައްދަލުކުރި ހދ އަތޮޅުގެ ގްރޫޕް އެކެއްގައި ކުޅުނު ދެވަނަ މެޗްގައި ގިނަ ގޯލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗް ނިމުނީ 5-5 ން ދެޓީމް އެއްވަރުވެގެނެވެ.
މި ގުރޫޕްގެ ފުރަތަމަ މެޗްގައި މިމަހުގެ ފަނަރަ ވަނަ ދުވަހުގެ ރޭ ކުމުންދޫ އަދި ނޭކުރަންދޫ ބައްދަލު ކުރި މެޗް 4-1 އިން ފަސޭހަ ކަމާއިއެކު ނޭކުރަންދޫ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ނައިވާދޫ ކުޅުނު އަދި ނޮޅިވަރަންފަރު ބައްދަކުރި މެޗް ވަނީ 1-1 އިން އެއްވަރު ވެފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެނޖުގައި ހދ އަތޮޅުގެ ހަތް ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތުގެ ހދ އަތޮޅުގެ ބައި ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އެކެއްގައި ހިމެނެނީ ކުމުންދޫ، ނޭކުރަންދޫ، ނައިވާދޫ އަދި ނޮޅިވަރަންފަރެވެ. ގުރޫޕް ދެއެއްގައި ހިމެނެނީ ކުޅުދުއްފުށި، ނެއްލައިދު އަދި މަކުނުދޫއެވެ.
ގުރޫޕް ދެއެއްގައި މިރޭ ނެއްލައިދޫ އަދި ކުޅުދުއްފުށި ބައްދަލު ކުރާނެއެވެ. މި ގުރޫޕުގައި މި މަހުގެ ސޯޅަ ވަނަ ދުވަހުގެރޭ މަކުނުދޫ އަދި ނެއްލައިދޫ ބައްދަލު ކުރި މެޗް ނިމިފައި ވަނީ 3-3 އިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!