ބާރުގެ ބޭނުންކޮށްގެން އެޕްތަކަށް ފުރުސަތު ނުދޭ ކަަށް ބުނެ އިޓަލީން ގޫގަލް 102 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކޮށްފިއެވެ.

ގޫގަލް ޖޫރިމަނާ ކުރީ އިޓަލީގެ ވިޔަފާރިތަކުގެ ވާދަވެރިކަން ދެމެހެއްޓުމަށް ކަނޑައަޅާފައިވާ “ވޮޗްޑޯގް” އިންނެވެ. އެ އިދާރާއިން ބުނީ ގޫގަލްއިން ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

Ad
rt

އެ އިދާރައިން ނެރުނު ބަޔާނެއްގައި ބުނީ ގޫގަލްގެ ޕްލޭ ސްޓޯރުގައި އިޓަލީގެ އެނެކްސެލްގެ އެޕްލިކޭޝަނަކަށް ޖާގަ ނުދިން ކަމަށެވެ. އަދި އެއީ ގޫގަލްގެ އެޕްލިކޭޝަނުގެވާދަވެރި އެޕަކަށްވާތީ ކަމަށްވެސް ވަނީ ބުނެފައެވެ.

މި އެޕްލިކޭޝަނަކީ ގޫގަލްގެ ޖޫސް ޕާސް އެޕާ އެއްވައްތަރެއްގެ އެޕެކެވެ. މި އެޕުން އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރަން އެންމެ ކައިރީގައި ހުންނަ ތަންތަން ދައްކައެވެ.

އިޓަލީގެ ތިން ބައިކުޅަ އެއްބައި މީހުން ބޭނުން ކުރަނީ އެންޑްރޮއިޑް ފޯނުތަކެވެ. އެހެންކަމުން އިޓަލީގެ ވިޔަފާރިތަކަށް އަމިއްލަ އެޕްލިކޭޝަންތައް ހަދައި ހިދުމަތް ދެވޭނެފުރުސަތު އޮންނަަންވާނެ ކަމަށް އެ ގައުމުން ބުނެއެވެ.

ވޮޗް ޑޯގުން ވަނީ ގޫގަލް ޖޫރިމަނާ ކުރުމުގެ އިތުރުން ގޫގަލް ޕްލޭ ސްޓޯރުން އެ އެޕްލިކޭޝަނަށް ފުރުސަތު ދޭން ވެސް އަންގައިފައެވެ.