އުތުރުގެ 4 އަތޮޅުގައި ދަތި ޙާލުގައި ތިބި 366 ކުޑަކުދިންނަށާއި އެކުދިންގެ އާއިލާއަށް އާރކް އެއިޑްއިން އެހީ ފޯރުކޮށްދީފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެންއިންގެ (އާރކް) ޙާއްސަ ފްރޮގްރާމް "އާރކް އެއިޑް" ގެ ދަށުން 55 ރަށުގައި ދަތި ޙާލުގައި ތިބި 1800 އަށްވުރެ ކުދިންނަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަންވަނީ ފޯރުކޮށްދީފިއެވެ.
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުތުރުގެ 4 އަތޮޅުގެ ތެރެއިން ހއ. އަތޮޅުގެ 5 ރަށުން 26 ކުދިންނާއި އެކުދިންގެ އާއިލާ އާއި ހދ. އަތޮޅުގެ 4 ރަށުން 133 ކުދިންނާއި އެކުދިންގެ އާއިލާ އާއި ށ އަތޮޅުގެ 4 ރަށުން 98 ކުދިންނާއި އެކުދިންގެ އާއިލާ އަދި ނ އަތޮޅުގެ 5 ރަށުން 109 ކުދިންނާއި އެކުދިންގެ އާއިލާއަށްވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެޖަމިއްޔާއިން ބުނެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުން އެޅި އެކި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެ އިޖްތިމާއި އަދި އިޤްތިސޯދީ ގޮތުން އައި ގޮންޖެހުންތަކާއިއެކު ކުޑަކުދިންނަށްވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިކަމަށެވެ.
ބަޔެއް އާއިލާއިން މެންބަރުން ވަޒީފާއިން ވަކިކުރުމާއި، އިނާޔަތް ކުޑަކުރުގެ ދަތިތަކާ ކުރިމަތިލާއިރު، މާލޭގައި ދިރިއުޅުމުންދިޔަ އަނެއްބައި އާއިލާތަކައް ކުރިމަތިވެފައިވާ ދަތި ޙާލުގެ ސަބަބުން އަނބުރާ ރަށަށް ބަދަލުވުން ވަނީ މަޖުބޫރުވެފަ، މިކަމުގެ އެންމެ ނޭދެވޭ އަސަރު ފޯރަމުންދަނީ ކުޑަކުދިން"
އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، މިފަދަ ޙާލަތްތަކާއި ކޯވިޑް-19 ގެ ސަބަބުން އެހެނިހެން އުނދަގޫތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ އާއިލާތަކަށް ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާރކްއެއިޑްގެ ޕްރޮގްރާމްގެ ދަށުން ވާނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފަ ކަމަށެވެ.
މި ޕެކޭޖުގައި ހިމެނެނީ ހަނޑޫ،ފުށް، ހިކި ކިރު، މަސް ދަޅު، ބިސް، ބޭކެޑް ބީންސް އަދި ތަރުކާރި ދަޅެވެ.
އާރކްއިން ބުނެފައިވެއެވެ.
ޙާއްސަކޮށް މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެއްވެސް ކުއްޖަކީ ކާބޯތަކެތި ލިބުމުގެ އަސާސީ ޙައްޤުން މަޙުރޫމުވެފައިވާ ކުއްޖަކަށް ވެގެންނުވާނެކަމަށާއި މިގޮތުން އާރކް އެއިޑްގެ ޕްރޮގްރާމުވާނީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރާފައިކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މިއެހީތެރިކަން ފޯރުކޮށްދީފައިވާ އެހެން އަތޮޅުތައް:
ރ އަތޮޅުގެ 1 ރަށުން 3 ކުދިންނާއި އެކުދިންގެ އާއިލާ
ބ އަތޮޅުގެ 1 ރަށުން 6 ކުދިންނާއި އެކުދިންގެ އާއިލާ
ޅ އަތޮޅުގެ 2 ރަށުން 19 ކުދިންނާއި އެކުދިންގެ އާއިލާ
ކ އަތޮޅުގެ 2 ރަށުން 103 ކުދިންނާއި އެކުދިންގެ އާއިލާ
އއ. އަތޮޅުގު 2 ރަށުން 63 ކުދިންނާއި އެކުދިންގެ އާއިލާ
ވ އަތޮޅުގެ 4 ރަށުން 37 ކުދިންނާއި އެކުދިންގެ އާއިލާ
މ އަތޮޅުގެ 2 ރަށުން 37 ކުދިންނާއި އެކުދިންގެ އާއިލާ
ފ އަތޮޅުގެ 4 ރަށުން 151 ކުދިންނާއި އެކުދިންގެ އާއިލާ
ދ އަތޮޅުގު 1 ރަށުން 6 ކުދިންނާއި އެކުދިންގެ އާއިލާ
ތ އަތޮޅުގެ 1 ރަށުން 5 ކުދިންނާއި އެކުދިންގެ އާއިލާ
ލ އަތޮޅުގެ 5 ރަށުން 161 ކުދިންނާއި އެކުދިންގެ އާއިލާ
ގއ. އަތޮޅުގެ 2 ރަށުން 165 ކުދިންނާއި އެކުދިންގެ އާއިލާ
ގދ. އަތޮޅުގެ 3 ރަށުން 88 ކުދިންނާއި އެކުދިންގެ އާއިލާ
އައްޑޫ ސިޓީން 6 ރަށުން 207 ކުދިންނާއި އެކުދިންގެ އާއިލާ
ފުވައްމުލަކު ސިޓީން 1 ރަށުން 138 ކުދިންނާއި އެކުދިންގެ އާއިލާ
މާލެ ސިޓީން 3 ރަށުން 290 ކުދިންނާއި އެކުދިންގެ އާއިލާ
އާރކް އެއިޑް ޕްރޮގްރާމުގެ ބައިވެރިންގެ ތރޭގައި ހިމެނެނީ، ޔުނިސެފް، ބޭންކް އޮފަ މޯލްޑިވްސް، ދިރާގު އެވެ.
މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި މިޕްރޮގުރާމްއަށް އެހީފޯރުކޮށްދި ވަކިވަކި ފަތާތްތަކަށް މިފުރުސަތުގައި އާއކްގެ ފަރާތުން ނުހަނު ޝުކުރާއި ތަޢުރީފު އަދާކުރާކަމަށް އެޖަމިއްޔާއިން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!