މެންޗެސްޓަރ ސިޓީއިން 5 ވަނަ ފަހަރަށް ޕްރިމިއަރ ލީގް ކާމިޔާބުކޮށްފި އެވެ.

މެންޗެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގް ކަށަވަރުވެފައިވަނީ މެސްޗެސްޓަރ ޔުނައިޓެޑާއި ލެސްޓަރ ސިޓީ ބައްދަލުކުރި މެޗުން 1-2 ނަތީޖާއިން މެސްޗެސްޓަރ ޔުނައިޓެޑް ބަލިވެފައި ވާތީއެވެ.

Ad
rt

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީން ވަނީ ދެވަނައިގައި އޮތް ޔުނައިޓެޑާއި 10 ޕޮއިންޓުގެ ފަރަގެއްގަ އެވެ. އަދި ސިޓީއަށް ބާކީ 3 މެޗް ކުރިއަށް އެބަ އޮތެވެ. ގާޑިއޯލާ ސިޓީގެ ކޯޗުކަމާއި ހަވާލުވިފަހުން 3 ޕްރިމިއަރ ލީގް ކާމިޔާބް ކުރެވިފައިވެއެވެ. އަދި އިތުރުން ބޮޑެތި 8 މުބާރާތެއްގެ ތަށި ވަނީ ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ.

މެންޗެސްޓަރ ސިޓީއަށް ވަނީ ޕްރިމިއަރ ލީގް ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ލިބި ގެއްލުވާލާފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އާއި ކުޅުނު މެޗުން ސިޓީ ވަނީ 1-2 ނަތީޖާއަކުން ބަލިވެފައެވެ. އެހެނަސް ލެސްޓަރ ސިޓީ ވަނީ އަންގާރަ ދުވަހު ޔުނައިޓެޑް ބަލިކޮށް ސިޓީގެ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ.

ސިޓީން ވަނީ ފުރަތަމަ ފަހަރަށް ޗެމްފިއަންސް ލީގްގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މެއި 29 ވާ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލީގް ފައިނަލުގައި ސިޓީ ބައްދަލުކުރާނީ ވަރުގަދަ ރިއާލް މެޑްރިޑް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޗެލްސީއާ އެވެ.