ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް ކަމެއް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.

Ad
rt

ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ނުވަތަ ކުރަން އުޅުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމާއި، އެއްވެސް ސިފައެއްގައި އެފަދަ އަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުންވިޔަސް އެފަދަ ކަމަކަށް ހިއްވަރުދިނުން ފަދަ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އަމަލެއް ސިވިލް ސާވިސްގެ މުވައްޒަފަކު ކުރުމަކީ އިދާރީ ފިޔަވަޅު އެޅޭނެކަމެއް

ސީއެސްސީން ބުނެފައިވެ އެވެ.

މީގެއިތުރުން، އެކިއެކި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް މުވައްޒަފުން ބޭނުންކުރުމުގަ އާއި މުޖުތަމައުގައި އުޅޭ އުޅުމުގައި، ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދިނުމާއި، ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރު ދިނުމުގެ ގޮތުން ބޭނުންކުރެވޭ ފަދަ ބަސްތައް ބޭނުންކުރުމާއި، އެފަދަ ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ސިވިލް ސާވިސްގެ މުވައްޒަފުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި ސާކިއުލާއާ އެއްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުން އަމަލުކުރުމަށާއި، އަދި މި ސާކިއުލާއާ ހިލާފުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލަ ބަލައި އިދާރީ ފިޔަވަޅު އެޅޭނެކަމުގައި ދެންނެވީމެވެ."

ސީއެސްސީގެ ސާކިއުލާގައިވެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.