ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޮޑުން މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން އހަަރީ އާއްމު ޖަލްސާއަށްހުށަހަޅަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސް ކުރީ މިއަދު ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ހިއްސާގެ ފައިދާއަށް ބަހާ އަދަދު ފާސް ކުރާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެވޯޓުންނެވެ.

Ad
rt

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި ނުނެރެއެވެ. ނަމަވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ވަނީ ލިބިފައެވެ. އެ ކުންފުނީގެ ފައިދާ އިތުރުވީކޯވިޑް-19ގެ ސަބަބުން ގިނަ ސިއްހީ ސާމާނުތައް ރާއްޖެ އެތެރެ ކުރަން ޖެހުމުންނެވެ.

މިދިޔަ އަހަރުގެ އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓުތައް ދައްކާގޮތުގައި ހަތަރު ކުރާޓަރުގައި ވެސް އެކުންފުންޏަށް ލިބުނީ ފައިދާއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަކުއާޓާގައި 114 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާައިރު ދެވަނަ ކުއާޓާގައި 104.9 މިލިއަން ރުފިޔާ، ތިން ވަނަ ކުއާޓާގައި 100 މިލިއަން ރުފިޔާ އަދި ފަހުކުރާޓަރުގައި 91 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.