ރާއްޖެއިން އިތުރު 1501 މީހަަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި މިއަދު އިތުރަށް ޕޮޒިޓިވްވިކަމަށް ނަތީޖާ ލިބުނު މީހުންގެ ތެރެއިން 1229 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 267 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 7 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 662 ސާމްޕަލެވެ. ބާކީ ސާމްޕަލް ތަކަކީ މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތަކެވެ.
ރާއްޖެގައި ކޯވީޑް ބަލީގެ 247 މީހަކަށް ދަނީ މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 11،629 އެވެ.
87 މީހަކު މިބަލީގައި ނިޔާވެފަވާއިރު، މިބަލިން ރަނގަޅުވ ީ26،797 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ 38،520 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!