އިންޑިއާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ މެދުގައި އެހެން ބައްޔެއް ފެތުރެން ފަށާފައިވާ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނަން ފަށައިފިއެވެ.
"ބްލެކް ފަންގަސް"ގެ ނަން ދީފައިވާ މި ބައްޔަކީ ކޯވިޑް ޖެހިފައިވާ މީހުންގެ ފުއްޕާމެއާއި ސައިނަސް އަދި ސިކުނޑިއަށް ގެއްލުންދޭ ފަންގަސް އެކެވެ. މީގެ ސަބަބުން ކޯވިޑް ޖެހި ރަނގަޅުވެފައިވާ އަންހެން ކުއްޖެއްގެ ލޯ ނަގަން ޖެހުނު ކަމަށް އެ ގައުމުގެ ލޮލުގެ ޑޮކްޓަރަކު ވަނީ ބުނެފައެވެ.
ބޭރުގެ މީޑިއާތަކަށް އިންޑިއާގެ ޑޮކްޓަރުން ދީފައިވާ އިންޓަވިއުތަކަށް ބަލާއިރު މިހާތަނަށް މީގެ 24 ކޭސް އެއް ވަނީ ފެނިފައެވެ. މީގެ ތެރެއިން ހަ މީހަކު ވަނީ މި ފަންގަސްގެ ސަބަބުން ހާލަތު ގޯސްވެ މަރުވެފައެވެ.
ޑޮކްޓަރުން ބުނާގޮތުގައި މި ފަންގަސްގެ ސަބަބުން ހާލު ދެރަވަނީ ޑައިބެޓީސް ހުންނަ މީހުންނާއި ދިފާއީ ނިޒާމް ދެރަވަރު މީހުންނެވެ. އަދި ދިފާއީ ނިޒާމް ބާރުގަދަ ކުރަން ދޭ ބޭސްތަކުގެ ސަބަބުން މި ފަންގަސްގެ ބާރުވެސް އިތުރުވާކަމަށް ޑޮކްޓަރުން ބުނެއެވެ.
"ޑައިބެޓީސްގެ ސަބަބުން އިންސާނެ ދިފާއީ ނިޒާމް ދަށްވުމުން ކޯވިޑް ޖެހުމުން މި ފަންގަސް އުފެދެނީ. ދެން އެކަމަށް މި ދޭ ސްޓެރޮއިޑްސް މަސައްކަތް ކުރަނީ އަލިފާނަށް އަޅާ ތެލުގެ ގޮތުގައި،"
ޑޮކްޓަރުން ބުނެފަ ވެއެވެ.
އިންޑިއާގެ ޑޮކްޓަރަކު ބުނިގޮތުގައި މިއީ ސާފުތާހިރު ކަން ދަށްވުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން އުފެދޭ ފަންގަސްއެކެވެ. އެހެންކަމުން ކޯވިޑް ޖެހޭ މީހުން ސާފުތާހިރުކަންމަތީގައި އަބަދު ތިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.
އިންޑިއާ ހިމެނެނީ މިވަގުތު ދުނިޔޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައެވެ. ތިން ހާހަށް ވުރެ ގިނަ މީހުން އިއްޔެ އެކަނިވެސް އެ ގަމުން އެ ބަލީގަ މަރުވިއިރު 22,940,516 މީހުން އިއްޔެ ޕޮޒިޓިވްވިއެވެ. އެ ގައުމުއޮތީ 22,940,516 މީހުން ޕޮޒިޓިވްވެ ދުނިޔޭން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދެވަނަ ގައުމުގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!