އިންޑޮނޭޝިއާގެ ޕެކަމްބަރުގައި ނަމާދަށް ހުއްޓާ އިމާމު މީހާއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހާ އިމާމު މީހާއަށް ހަމަލާ ދިނީ ފަތިސް ނަމާދުކުރަމުން ދިޔަވަގުތުގައެވެ. އޭނާ ހައްޔަރުކޮށް އިތުރު ތަހުގީގުތައް މިހާރު ކުރިއަށްދާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ދައްކާގޮތުގައި ސޯޓެއްލައިގެން ހުރި މި މީހާ އިމާމާ ހަމައަށް ދަނީ ޖަމާއަތުގައި ނަމާދުކުރަން ތިބި މީހުން ކުރިމަތުންލާފަ އެވެ. އަދި އިމާމު ކުރިމަތީގައި ހުއްޓިގެން ހުރެ އޭނާގެ މޫނަށް ހަމލާދޭ މަންޒަރު ފެނެއެވެ.
އޭނާ ހަމަލާ ދިނުމާއެކު އެވަގުތު ނަމާދަށް ތިބި މީހުން ވަނީ އޭނާއަށް ހަމަލާދީ، ފުލުހުންނާ ހަވާލުކޮށްފައެވެ.
ރާއްޖޭގައި ވެސް މިކަހަލަ ކަމެއް ރޭގެ ވަގުތެއްގައި ވަނީ ހިނގާފައެވެ.
ލ. ގަމުގައި ނަމާދަށް ހުއްޓާ ސޯޓެއް ލައިގެން ހުރި މީހަކު އައިސް އިމާމު ކައިރީ ހަޅޭއްލެވި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!