އިނގިރޭސިވިލާތުގެ ލަންޑަން ޓަވާ ބްރިޖު މަތީގައި އެ ގައުމުގެ ރައްޔިތަކު ބަންގި ގޮވައިފިއެވެ.

މި ބަންގި ގޮވީ އެ ގައުމުގައި އެކި ދީންތަކުގެ މީހުން ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ ވާޗުއަލް ރޯދަވީއްލުމެއްގައެވެ. މިއީ މިތަނުގައި ބަންގި ގޮވި ފުރަތަމަ ފަހަރެވެ.

Ad
rt

ބަންގި ގޮވި ގާޒީ ޝަފީގުއް ރަހުމާނަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އޭނާ ވަނީ މިއީ ލިބުނު ޝަަރަފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އަދި އާއްމުންގެ ތެރޭގައި ބަންގި ގޮވުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާގެ ބަންގީގެ އަޑު ރީތިވުމުގެ ސަބަބުންނެވެ. އޭނާ ބަންގި ގޮވީ ގެފުޅުގެ އިމާމް ޝެއިޚް އަލީ އަހުމަދު ބަންގި ގޮވާ ރާގަށެވެ.