ކޯވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ހަވަނަ ވެކްސިނެއްގެ ގޮތުގައި ބޭނުންކުރުމަށް، ޗައިނާގެ ސިނޯފާމް ކޮވިޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހުއްދަދީފިއެވެ.

ސިއްހަތު ޖަމިއްޔާއިން ހަފުތާއަކު ދެފަހަރު ބާއްވާ ވެބިނާއެއްގައި މައުލޫމާތުދެއްވަމުން ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔެސަސް ވަނީ ސިނޯފާމް ކޯވިޑް ވެކްސިނަށް ހުއްދަދެއްވިކަން އިއުލާންކުރައްވާފަ އެވެ.

Ad
rt

މިވެކްސިންއަށް ހުއްދަ ދިނީ އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ.

ޑަބްލިއުއެޗްއޯއިން ސިނޯފާމް ވެކްސިނަށް ހުއްދަ ދިންއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ މި ވެކްސިން ޖަހައިފައެވެ. އަދި، ރިޕޯޓްތަކުން ދައްކާ ގޮތުގައި މިއީ 79 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

މީގެ އިތުރުން، ސައިނޮފާމް ވެކްސިން ގަދަ ފިނީގައި ނޫނަސް ރައްކާތެރިކޮށްގފައި ބެހެއްޓޭއިރު، މިއީ ކޯވިޑްގެ އެހެނިހެން ވެކްސިންތަކަށްވުރެ ރައްކާތެރިކޮށް، ދަމަހައްޓަން ފަސޭހަ ވެކްސިނެކެވެ.

ސިނޯފާމް ކޯވިޑް ވެކްސިން އުފައްދަނީ ބީޖިން ބަޔޯ-އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިންނެވެ. މިއީ ޗައިނާ ނެޝަނަލް ބަޔޮޓެކް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޑަބްލިއުއެޗްއޯއިން މިހާތަނަށް އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ ފައިޒާ ވެކްސިނާއި އެސްޓްރަޒެކެނާ ވެކްސިނާއި ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ އިތުރުން މޮޑާނާ ވެކްސިނަށެވެ.